ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޑިކަލް ސްކްރީނިންގ ޓެސްޓް ކިޓްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު : (IUL)ASMH-Procure/ASMH/2024/59

 

އިޢުލާން

 

މިހޮސްޕިޓަލާއި، މިހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ހެލްތްސެންޓަރ ތަކަށް ބޭނުންވާ ބައެއް މެޑިކަލް ސްކްރީނިންގ ޓެސްޓް ކިޓްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

މިހޮސްޕިޓަލާއި، މިހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ހެލްތްސެންޓަރ ތަކަށް ބޭނުންވާ ބައެއް މެޑިކަލް ސްކްރީނިންގ ޓެސްޓް ކިޓްތައް 45 ދުވަސް ތެރޭގައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 02 އޮކްޓޫބަރ 2024 އިން 09 އޮކްޓޫބަރ 2024 ވަނަދުވަހުގެ 14:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް tender@asmh.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 09 އޮކްޓޫބަރ 2024، 10:00 ގެ ކުރިން tender@asmh.gov.mv އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  13 އޮކްޓޫބަރ 2024، 13:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

02 އޮކްޓޫބަރު 2024
ހޯދާ