މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

އިޢުލާން

 ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

            ހެނބަދޫގައި  ދުއްވާ އެއްގަމު އުޅަނދު (ސައިކަލް، ރަށުޕިކަޕް، ކާރު) ގެ މަޢުލޫމާތު ކައުންސިލްގައި ދަފުތަރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ދަނީކުރެވެމުންނެވެ. އަދި ކައުންސިލަށް އާމްދަނީ ގޮތުގައި ލިބެންޖެހޭ އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ ހޯދުމަށްޓަކައި ރަށުގައި ދުއްވާ އުޅަނދުތަކުގެ ރަޖިސްޓްރީ އަދި ވެރިފަރާތުގެ މަޢުލޫމާތު ބޭނުންވެއެވެ.  

           ވީމާ، ރަށުގެ ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ކޮޕީއާއި ވެރިފަރާތުގެ މަޢުލޫމާތު 13 އޮކްޓޫބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

29 ރަބީޢުލްއައްވަލް 1446 

02 އޮކްޓޫބަރ 2024

 

 

                                                                    ހުސައިން އަބޫބަކުރު

                                                           ހެނބަދޫ ކައުންސިލްގެ ރައީސް

02 އޮކްޓޫބަރު 2024
ހޯދާ