ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު މިސްކިތް ބިނާކުރާ ބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ހދ.ނޮޅިވަރަންފަރު މިސްކިތް ބިނާކުރާ ބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވޭ:       

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި ‏10‏ އޮކްޓޯބަރ‏ 2024‏ (ބުރާސްފަތި‏) 10:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/zZz6KsYzDU

ޕްރީ ބިޑް މީޓިން ‏10‏ އޮކްޓޯބަރ‏ 2024‏ (ބުރާސްފަތި‏)     10:30  އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން: ‏14‏ އޮކްޓޯބަރ‏ 2024‏ (ހޯމަ‏)  10:30  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏10‏ އޮކްޓޯބަރ‏ 2024‏ (ބުރާސްފަތި‏) 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: procurement@nolhivaranfaru.gov.mv

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

03 އޮކްޓޫބަރު 2024
ހޯދާ