މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އުފެދޭ ކުނި މެނޭޖް ކުރުމާގުޅޭ

        މިރަށު ގޭބީސީ ތަކުގައި އަދި މިރަށުގައި އުފެދޭ ކުނި މެނޭޖް ކުރުމަށް، ކައުންސިލުން ޚަރަދުކޮށްގެން ބަޔަކާ ޙަވާލުކޮށްގެން ކުރިޔަށް ގެންދަނީ ވަރަށް މުޙިއްމު މަޤްޞަދެއްގައެވެ. އެގޮތުން ރަށުގެ ވެށި އަދި ރަށުގެ ދޮންވެލި ގޮނޑުދޮށް ސާފުތާހިރުކޮށް ބޭއްވުމާއި، ގޭބީސީ ތަކުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ. ނަމަވެސް މަދުންނަމަވެސް މިރަށުގައި ކުނި މެނޭޖްކުރުމަށް ހެދިފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކުން ބަދިގެ ޑަސްބިން އަމިއްލަ އަށް ގޮސް މޫދަށް އެޅުމާއި، ގޮނޑުދޮށުގައި ބައެއްކަހަލަ ކުނި ވަޅުލުމާއި، ގޭބީސީ ތަކުން ނެރޭ ކުނި އުސޫލުގައިވާ ގޮތަށް ވަކިކޮށްފައި ނުބަހައްޓާކަން މިކައުންސިލަށް ފާހަގަވެފައިވެއެވެ. އެހެންކަމުން އިސްވެބުނެވުނު، މަޤްޞަދުތައް ޙާސިލުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތަކުގައި ރަށުގެ ރައްޔިތުން އަދި ރަށުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކާއި، ރަށަށް ޒިޔާރަތް ކުރައްވާ މެހްމާނުންވެސް އެއްބާރުލުން ދެއްވުމަށް ނަޞޭހަތްތެރިވަމެވެ.

         ވީމާ، މިރަށުގައި ކުނި މެނޭޖްކުރުމަށް ހެދިފައިވާ އުސޫލާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުތައް ބެހެއްޓުމަށް ހަނދާންކޮށްދެމެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

03 އޮކްޓޫބަރު 2024
ހޯދާ