މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޚާއްސަ ޢާންމު ޖަލްސާ

މިއެސޯސިއޭޝަންގެ ޚާއްސަ ޢާންމު ޖަލްސާއެއް 20 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެރޭ 20:00 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމް (ހ.ބޯޅަގެ، 3 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިޖަލްސާގައި ބައިވެރިވުމަށް މިއެސޯސިއޭޝަންގެ މެމްބަރު ކުލަބް/ޖަމްޢިއްޔާ ތަކުން 2 ބޭފުޅެއްގެ ނަން (ވޯޓު ލާންޖެހިއްޖެ ހާލަތެއްގައި ވޯޓުލާނެ ފަރާތް އެނގޭނޭގޮތައް) ބަޔާންކޮށް 17 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށައެޅުއްވުން އެދެމެވެ. އަދި ޚާއްސަ ޢާންމު ޖަލްސާއަށް މިއެސޯސިއޭޝަންގެ މެމްބަރު ކުލަބް/ޖަމްޢިއްޔާތަކުން ހުށައަޅަން ބޭނުންވާ ކަމެއް ވާނަމަ އެކަންބަޔާންކޮށް ލިޔުމަކުން 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ.

03 އޮކްޓޫބަރު 2024
ހޯދާ