މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރނުން ހޯދުން

އިޢުލާން

އިންޓަރނުން ހޯދުން

ބޭނުންވާ ޢަދަދު

2 (ދޭއް)

މަސައްކަތް ކުރަން ޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުއްދަތު

މަސައްކަތް ޙަވާލުކުރެވޭ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަސް

އެލަވަންސް

މަހަކު 2500 (ދެ ހާސް ފައްސަތޭކަ) ރުފިޔާ

މައިގަނޑު މަސައްކަތް

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

މަސައްކަތް ކުރަން ޖެހޭ ވަޤުތު

ދުވާލަކު މަދުވެގެން 04 ގަޑިއިރު

މަޤާމްގެ ޝަރުޠު

  1. ދިވެހި ރައްޔިތަކަށްވުން
  2. މީލާދީގޮތުން 16 އަހަރާއި 35 އަހަރާއި ދެމެދު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމް
  2. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  3. ހުށަހަޅާ ފަރާތުގެވަނަވަރު
  4. ދެފުށުގައިވާ ލިޔުންތައް ސާފުކޮށް އެނގޭ އައި.ޑީ ކާޑުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އިންޓަވިއު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ކެންދޫ ކައުންސިލް އިދާރާ އަށް ނުވަތަ އީމެއިލް (info@kendhoo.gov.mv) މެދުވެރިކޮށެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 އޮކްޓޫބަރު 2024 އާއި 14 އޮކްޓޫބަރު 2024 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނީ ކެންދޫ ކައުންސިލް އިދާރާގައެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚް ތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600004 އަށެވެ. އީމެއިލް ކުރާނީ info@kendhoo.gov.mv އަށެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 އޮކްޓޫބަރު 2024
ހޯދާ