ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާދަޑު ބޮޑޮގެދަރި މިސްކިތާއި ކެޑޭރެ މިސްކިތް މަރާމާތު ކުރުމާބެހޭ

މާދަޑު ބޮޑޮގެދަރި މިސްކިތާއި ކެޑޭރެ މިސްކިތް މަރާމާތު ކުރުމާބެހޭ

ބޮޑޮގެދަރި މިސްކިތާއި ކެޑޭރެ މިސްކިތުގެ ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.                                                           

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

29 ޝަޢުބާން 1436

16 ޖޫން 2015
ހޯދާ