ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ބ. އަތޮޅު ތަޢުލީމީ މަރުކަޒު              

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

    ބ. އޭދަފުށި                      

އިލެކްޓްރިކް ޕެނަލް ބޯޑެއް ހޯދުން                                                  ނަންބަރ:IUL/GS-01/GS-01/2024/72

މި ސްކޫލަށް އިލެކްޓްރިކް ޕެނަލް ބޯޑެއް ހަދައި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިސްކޫލުން ދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ  ތާރީހްތަކަށް މިސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

13 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 10:00 އަށް

15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު، ހާޒިރުވެލައްވާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ދުރުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ދުރުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

މިބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

05 ރަބީޢުލް އާޚިރު  1446

08 އޮކްޓޯބަރ 2024                                        

08 އޮކްޓޫބަރު 2024
ހޯދާ