ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓަންޓް ލައިބްރަރިއަން

އިޢުލާނު

 

މަޤާމު:

އެސިސްޓަންޓް ލައިބްރަރިއަން

މަޤާމުގެ ނަންބަރު:

J-285281

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

GS4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުޅުދެލީ ސްކޫލް / ދ.ހުޅުދެލި

މުސާރަ:

5020.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭނަމަ އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެއެވެ.
  5. ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު -/700 ރުފިޔާ
  6. ސްޕެޝަލް ޑިޔުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35 (1757/-ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

  1. ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ނިކުތުމަށް ހަމަޖައްސަވާފައިވާ ސެޝަނަށް ޙާޟިރުވެ ސޮއި ކުރުންމަށްފަހު ލައިބްރަރީއާ ގުޅުންހުރި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއްކުރުން.
  2. ލައިބްރަރީއަށް އެތެރެވާ (ހޯދާ) ދިވެހި، އިނގިރޭސި ބަހުގެ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ކެޓެލޮގްތައް ސެލޯފޭން ލައްވާ ޤަވާޢިދުން އެންޓަރކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމުމާއި ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ، ކޮމްޕިއުޓަރައިޒްކޮށް ބެލެހެއްޓުން.
  3. ފޮތްތަކާއި ބެހޭގޮތުން ކުރަންޖެހޭ ޕްރޮފެޝަނަލް މަސައްކަތްތަކާއި ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ ސްކޫލްގެ އިދާރާއާއި / މަސައްކަތާއި ގުޅޫގޮތުން ރިޕޯރޓްކުރަންޖެހޭ ފަރާތާއި މަޝްވަރާކޮށް އެކަމެއް ނިންމުން.
  4. އަލަށް ލިބޭ ފޮތްތައް ކެޓަގަރައިޒްކުރުމާއި ލައިބްރަރީއަށް އެތެރެވާ ފޮތްތަކުގައި ސްކޫލްގެ ނުވަތަ ލައިބްރަރީގެ ރަސްމީ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރުން.
  5. ލައިބްރަރީގައިވާ ހަރުގަނޑުތަކާއި، ފޮތްތައް ފޮޅާ ސާފުކުރުން. އެގޮތުން މަދުވެގެން ހަފްތާއަކު 1 ފަހަރު މަސައްކަތު މީހުން ލައްވާ ހިރަފުސްފޮޅުމާއި ލައިބްރަރީ ހަރުގަނޑުތަކުގައިވާ ފޮތްތައް، އިންތިޒާމުނުގެއްލޭނޭހެން އަދި ހަލާކު ނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ކޮށް ނިންމުމަށް މަސައްކަތްކުރުން.
  6. ލައިބްރަރީއަށް އަމާޒުކޮށް ހިންގޭ ދަރިވަރުންގެ އެކި އެކި ޕްރޮގްރާމްތަކާއި ކްލާސްތައް ރާވާ ހިންގުމާއި ލީޑިންގ ޓީޗަރުންނާއި، މުދައްރިސުންނަށް އެހީތެރިވުން.
  7. ދަރިވަރުން އަނބުރާ ދައްކާގޮތަށް ގެންދާ ފޮތްތައް ހަމަޖެހިފައިވާ އުސޫލުން ދޫކޮށް، އަދި އަނބުރާދައްކާ ފޮތްތައް ޤަވާޢިދުން ބަލައިގަނެ، އެކަންކަމުގެ ފުރިހަމަ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން. އަދި ދަރިވަރުން ފިޔަވައި އެހެންފަރާތަކުންވެސް ފޮތެއްގެންދިޔަސް އެ އުޞޫލުން ޢަމަލުކުރުން.
  8. ލައިބްރަރީގައި ކުދިންތިބޭއިރު އެކުދިންނަށް ބޭނުންވާ ފޮތްހޯދާދިނުމުގައާއި ފޮތްކިޔާ ނިމުމުން އެފޮތް ބަހައްޓަންވާ ތަނުގައި ބެހެއްޓުމަށް ދަރިވަރުންނަށް އެހީތެރިވުމާއި ލައިބްރަރީއަށް އަންނަދަރިވަރުންގެ އެހެނިހެން ހަރަކާތްތައް ހުންނަގޮތްވެސް ބެލުން
  9. ލައިބްރަރީގައި އަޑުގަދަވިޔަ ނުދިނުމަށް ބާރުއެޅުމާއި އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަށް ބާރުއެޅުމުގެ އިތުރުން ލައިބްރަރީގެ ޤަވާޢިދުތަކާއި އުޞޫލުތައް އިދާރާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ލިޔެ އެންމެންނަށް ފެންނާނޭހެން ލައިބްރަރީ ނޯޓިސްބޯޑުގައި ބެހެއްޓުން. އަދި ލައިބްރަރީ ޑިސްޕްލޭކުރުމުގެ މަސައްކަތް ކުރުން.

10. ލައިބްރަރީގެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތައް ލައިބްރަރީ ބެލެހެއްޓުމާއި ހަވާލުވެހުންނެވި ސްކޫލްގެ ވެރިއެއްގެ ޙާޟިރުގައި ބޭއްވުމަށް މަސައްކަތްކުރުން. މިގޮތުން ބާއްވާ  ބައްވާބައްދަލުވުންތަކުގެ މަޢުލޫމާތު ސްކޫލް ހިންގުމާ ހަވާލުވެހުންނަ އިސްވެރިއަކަށް ދިނުން.

11. ލައިބްރަރީގައި ހިންގޭ ޕްރޮގްރާމްތަކާއި ލައިބްރަރިގައި ނެގޭ ގަޑިތަކާއި ބެހޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމާއިބެހޭ ސްޕަވައިޒަރަކަށް ނުވަތަ އިސްވެރިއަކަށް އެންގުމާއި ލައިބްރަރީގައި އިން ދަރިވަރެއްގެ ފަރާތުން ޤަވާޢިދާއި ޚިލާފް ކަމެއްފެނިއްޖެނަމަ އެކަމެއްވެސް ނޯޓްކޮށް އެދަރިވަރެއްގެ ލީޑިންގ ޓީޗަރަށް އެންގުން.

12. އަނބުރާ ދައްކާގޮތަށް ދޫކުރެވޭފޮތްތައް މުއްދަތު ހަމަވާއިރު ނުދައްކައިފިނަމަ އެފަރާތަކަށް އެކަން އަންގާ ފޮތްހޯދުމާއި ކޮންމެ ތަޢުލީމީ އަހަރެއްނިމި، ބިދޭސީ ޓީޗަރުން ޤައުމަށް ދުވާފަރުން ފުރުމުގެ ކުރިން އެމީހުންނަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުމުގެ އިތުރުންވެސް ތަޢުލީމީ އަހަރު ނިމި ސްކޫލް ބަންދުވުމުގެ ކުރިން އެއަހަރަކު އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުން.

13. ރަސްމީ ގަޑީގެ އިތުރަށް، ސްކޫލްގައި ހިންގާ އެހެނިހެން ހަރަކާތްތަކަށްވެސް ކަނޑައަޅާ ގަޑިތަކަށް ޙާޟިރުވުން.

14. މީގެ އިތުރުންވެސް ވަޒީފާގެ ހައިސިއްޔަތުން ސްކޫލްގެ އިސްވެރިޔާ އަންގަވާ ކަންކަން ސްކޫލަށް ފައިދާހުރިގޮތަށް ކޮށްނިންމުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  1. ބިޒްނަސް މެނޭޖްމަންޓް  
  2. ލައިބްރަރީ ސައިންސް   (core)
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން 

މަޤާމަށް ޕްރިފަރޑް ޑިސިޕްލިން: ނެތް

ތަޢުލީމީ ދާއިރާ

  • އެޑިއުކޭޝަން  
  • ޕްރައިމަރީ  ޓީޗިންގ
  • ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ލައިބްރަރީ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނު ފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

މި ވަޒީފާއަށް އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12.3 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް (އިމްތިޙާނު އަދި ޕްރެކްޓިކަލް) ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޮކްޓޫބަރ 2024 ގެ 13:00 ގެ ކުރިން، ހުޅުދެލީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް admin@hulhudhelischool.edu.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 15 އޮކްޓޫބަރ 2024 އާއި 22 އޮކްޓޫބަރ 2024 އާ ދެމެދު، ހުޅުދެލީ ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި ސްކޫލުގެ ނޯޓިސްބޯޑުގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952918 އަށެވެ. އީ-މެއިލް ކުރާނީ admin@hulhudhelischool.edu.mv އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

07 އޮކްޓޫބަރު 2024
ހޯދާ