ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

2025 ވަނަ ދިރާސީ އަހަރު މިމަދަރުސާއަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

 2025 ވަނަ ދިރާސީ އަހަރު ފ.އަތޮޅު މަދަރުސާ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، 2024 ނޮވެންބަރ 07 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން '' 2025 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމް  ފުރިހަމަ ކުރެއްވުމަށް ފަހު މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ނޯޓް: ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 – 12:00 އަށެވެ.

 

 އެލް.ކޭ.ޖީ އަށް ކުއްޖަކު ވައްދާނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް ޢުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.

  • އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިވޭތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ކުދިން ވެއްދުމަށް ޢުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރުވެފައިވާ ކުދިން، ހިނގަމުންދާ ދިރާސީ އަހަރުގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.
16 އޮކްޓޫބަރު 2024
ހޯދާ