ދިވެހިރާއްޖެ
އުފުއްޔެއް ކުއްޔަށް ހިފުން
މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރުމަށް އުފުއްޔެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-CB/1/2015/66)ފ(11 މާރިޗު 2015) އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުން ހުށަހަޅުއްވާފައިވާ ބީލަންތައް މިއިދާރާއިން ދީފައިވާ މަޢުލޫމާތަށް ނުފެތޭތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ގަޑި |
ދުވަސް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
30 ޖޫން 2015 |
ވޭސްޓް މެނޭޖްމަންޓް ސެކްޝަން |
11:30 |
އަންގާރަ |
އަގު ހުށަހެޅުއްވުމަށް |
06 ޖުލައި 2015 |
ވޭސްޓް މެނޭޖްމަންޓް ސެކްޝަން |
11:30 |
ހޯމަ |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
05 ރަމަޟާން 1436