ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިރީގައިވާމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ވޮޗަރ |
ބޭނުންވާ އަދަދު: 2 (ދޭއް) |
ކްލެފިކޭޝަން: ސަޕޯޓް ސްޓާފް 1 |
|
ރޭންކް: އެސް. އެސް. 1 |
މަޤާމުގެ މުސާރަ: -/3,100.00 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު 2550.00 ރުފިޔާ |
|
މަސައްކަތް ކުރަންޖެހޭ ތަން: މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓު |
ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 (620.00 ރުފިޔާ) |
||
މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. |
|||
މަޤާމުގެ މައިގަނޑު މަސައްކަތް: 1. ޑިއުޓީކުރަން ފެށުމުގެ ކުރީގައި ކޯޓުގެ ސަލާމަތާގުޅޭ ކަންކަން ހުރިނެތްގޮތް ބަލައި ފާސްކުރުން. 2. ކޯޓުގެ ޢިމާރާތާއި، ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން. 3. ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ކޯޓުގެ ގޯތިތެރެއަށް ތަކެތި ވައްދައި ނެރުނަ ނުދިނުން. 4. ކޯޓުގެ ޢިމާރާތާއި ގޯތީގައިހުރި އެއްވެސް އެއްޗަކަށް އެއްވެސް ފަރާތަކުން ގެއްލުމެއްދިނަ ނުދިނުން. 5. އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކޯޓުގެ ގޯތިތެރޭގެ ލައިޓްތައް ދިއްލާފައި ހުރިތޯ ބަލައި، ލައިޓެއް އަނދައިފިނަމަ، އެ މަޢުލޫމާތު ކަމާގުޅޭ މުވައްޒަފުންނަށް ދިނުން. 6. މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން. |
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
އުޖޫރައާއި ޢިނާޔަތްތައް: މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި، ލިވިންގ އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|||
އެހެނިހެން ކަންތައްތައް: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތުތައް ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި ވަޒީފާ މީހަކު ޢައްޔަންކުރުމުގެކުރިން، މަތީގައި ހަވާލާދިން މާއްދާގެ (ށ) ގައި ބުނާ ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ. |
|||
މި މަޤާމަށް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމުލައަށް ބަލައިގެންނެވެ. |
|||
އިންޓަވިއު: |
|||
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6720012 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
5 ރަމަޟާން 1436