ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެކްޓިވިޓީ ޔުނީފޯމާއި ޓައީ ހަދާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

  • މިސްކޫލު ދަރިވަރުންގެ އެކްޓިވިޓީޔުނީފޯމް އަދި ސްކޫލް ޓައީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި ސްކޫލްޓައީ 2025 ޑިސެމްބަރ 31 ގެ ނިޔަލަށް ތައްޔާރުކޮށް، ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 އޮކްޓޯބަރ 2024 އިން 29 އޮކްޓޯބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް (admin@nolhivaranfaruschool.edu.mv) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

- ރަޖިސްޓްރީކުރާ ފަރާތުގެ ނަން.

- ވިޔަފާރި ރަޖިސްޓްރީ ނަންބަރު.

- އީމެއިލް އެޑްރެސް.

- ގުޅޭނެ މޯބައިލް ނަންބަރު.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ބަލައިގަތުން

ތާރީޙް: 29 އޮކްޓޯބަރ 2024

ތާރީޙް: 05 ނޮވެމްބަރ 2024

ގަޑި: 10:00

ގަޑި 10:00

ތަން: ނޮޅިވަރަންފަރު ސްކޫލް އޮފީސް

ތަން: ނޮޅިވަރަންފަރު ސްކޫލް އޮފީސް

 

މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. ބީލަންހުށައަޅުމަށް ރަޖިސްޓްރީނުކުރާ ފަރާތްތަކާއި މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ނޮޅިވަރަންފަރު ސްކޫލް / ހދ. ނޮޅިވަރަންފަރު
  • ފޯން:  6520535
  • އީ-މެއިލް: admin@nolhivaranfaruschool.edu.mv
23 އޮކްޓޫބަރު 2024
ހޯދާ