ދިވެހިރާއްޖެ
އޮމަދޫ ޕަވަރ ހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އޮމަދޫ ޕަވަރހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅަން ބޭނުންވެއެވެ.
ވީމާ، ކޭބަލާއި މީޓަރ އަދި އެމްސީބީ ސްޓެލްކޯއިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމުން މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތް.
1- ސުޓެލްކޯއިން ކޭބަލާއި މީޓަރ އަދި އެމްސީބީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުން އެ ތަކެތި ރަށަށް ގެނެސްގެން ކޭބަލް ވަޅުލުން.
2- ކޭބަލް ވަޅުލުމަށްޓަކައި ކޯރު ކޮންނަންޖެހޭނީ 2.5 ފޫޓް ފުންމިނަށް އަދި 8 އިންޗި ފުޅާ މިނުގައެވެ.
3- ކޯރު ކޮނެ ކޭބަލް ވަޅުތެރެއަށް ލުމަށްފަހު އިންޑިކޭޓިންގ ޓޭޕް އަޅަންވާނެއެވެ. ޓޭޕް ނާޅާނަމަ 6 އިންޗިއަށް ދޮންވެލި އަޅަންވާނެއެވެ.
4- ކޯރު ކޮންނަން ވާނީ މަގުގެ ފުޅާމިނުގެ 3 ބައިކުޅަ 1 ބައި އިންފާރާ ދުރުން މިހާރު މަގުތަކުގައި ޑީބޯޑުތަށް ހަރުކޮށްފައިވާ ފަރާތުންނެވެ.
5- ކޭބަލް ވަޅުލުމުގެ ތެރޭގައި މިހާރު ވަޅުލާފައިވާ ކޭބަލަކަށް ނުވަތަ އެހެންވެސް އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އޭގެ ބަދަލު ހަމަޖައްސަންވާނީ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ.
6- ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ވަޅުލާފައިވާ ކޭބަލަކަށް ނުވަތަ އެނޫންވެސް އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ މަސައްކަތާ ހަވާލުވާ ފަރާތުން އެލިބުނު ގެއްލުމެއްގެ ބަދަލުގެ ކަންތައް (މަސައްކަތް ހަވާލުކުރި ފަރާތުން އަންގާ ގޮތެއްގެ މަތިން) ހަމަޖައްސައި ދޭންވާނެއެވެ.
7- މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރާއި، އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކުން އެކަން ހުށަހަޅުވަންވާނެއެވެ.
8- އަންދާސީހިސާބު ހުށަހަޅުއްވާއިރު އައިޑީ ކާޑުގެ އަސްލާއި ކޮޕީ އަދި މީގެ ކުރިން މިފަދަ މަސައްކަތެއް ކުރައްވާފައިވާނަމަ އެކަމުގެ ލިޔުން (އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ޕުރޮފައިލް) ހުށަހަޅުއްވަންވާނެއެވެ.
9- މަސައްކަތާ ހަވާލުވާފަރާތުން މަސައްކަތް ނިންމާނެ މުއްދަތެއް އަންދާސީހިސާބުގައި ބަޔާން ކުރަންވާނެއެވެ.
ޕޮއިންޓު ދޭނެ އުސޫލުތައް:
1 |
އެންމެ ދަށް އަގު |
30 |
2 |
ތަޖުރިބާ |
30 |
3 |
ޖަމްޢިއްޔާ/ ޖަމާޢަތް ނުވަތަ ކުންފުނި |
20 |
4 |
އެންމެ ރަނގަޅު ހުށަހެޅުމަކަށް |
20 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.
މި އިޢުލާނު ނުކުތުމުން މި މަދަރުސާއިން ކުރި ( ނަންބަރު: GS-178-IUL-2015-25 އިޢުލާނު 05 ޖުލައި 2015 ) މިއަދު 13 ޖުލައި 2015 ން ފެށިގެން ބާޠިލުވީއެވެ. އެ އިޢުލާނު ބާޠިލުކުރީ އަމިއްލަ ތަކެތީގައި މަސައްކަތް ކުރުމަށް އިޢުލާނުގައި ބަޔާންކޮށްފައިވާތީއެވެ.
26 ރަމަޟާން 1436