ކާށިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކ. ކާށިދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ. ކާށިދޫ ޞިއްޙީ މަރުކަޒު / ކ. ކާށިދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަން ފޯރުވައިދީ ޚިދުމަތްތަކާ ގުޅުވައިދިނުމާއި،  އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، ޑިޕާޓްމަންޓްތަކާ މުވާޞަލާތް ހިންގުން.
  • ޞިއްޙީ މަރުކަޒަށް ޑަކްޓަރަށް ދައްކަން އަންނަ ބަލިމީހުންގެ  ޚިދުމަތުގެ ޓްރާންސެކްސަން އޮންލައިންކޮށް ހެދުމާއި، ޚިދުމަތުގެ މެމޯ ނުވަތަ ރިސިޕްޓް ތައްޔާރުކޮށް ޕުރިންޓުކުރުން.
  • ޚިދުމަތް ހޯދުމަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ފައިސާ ބަލައިގަތުމާއި، އެފަރާތްތަކަށް ރިސިޕްޓް ހަވާލުކުރުން.

ތަޢުލީމާއި ތަޖުރިބާ

ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން،  ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް،  މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް،  ބިޒިނަސް  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،

ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން،  ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް،  މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑްލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި -/25 ރުފިޔާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓުން www.health.gov.mv މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 2 ވާ އާދީއްތަ ދުވަހުގެ 12:00  ގެ ކުރިން، ކ. ކާށިދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 އޮގަސްޓު މަހުގައި، ކ. ކާށިދޫ ޞިއްޙީ މަރުކަޒުގައި.
ނޯޓް: ވަޒީފާއަށް  އެދިފައިވާ  ޝަރުތު  ހަމަވާ  ފަރާތްތަކުގެ  އަދަދު  10  އަށްވުރެ  އިތުރުނަމަ،  ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން، ލިޔުމުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6640127 ނަންބަރު ފޯނަށެވެ.
މި މިޢުލާނާ ގުޅިގެން، މި މަރުކަޒުން 10 މޭ 2015 ގައި ކޮށްފައިވާ  H1-SM/2015/06 ނަންބަރުގެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

28 ރަމަޟާން 1436

15 ޖުލައި 2015
ހޯދާ