މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 އެކްސްކަވޭޓަރ ކުއްޔަށް ހިފުން:

މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރުމަށް 2 އެކްސްކަވޭޓަރ ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވެނު މި އިދާރާގެ ނަމްބަރު: IUL)425-A1/1/2015/80) (ތާރީޚު:1 ޖުލައި 2015) ގެ އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ތަން

ގަޑި

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

6 އޮގަސްޓު 2015

ވޭސްޓް މެނޭޖްމެންޓް ސެކްޝަން، ކަނބާ އާއިސާރަނި ހިނގުން ( ކުރީގެ މާފަންނު އަވަށު އޮފީސް )

14:00

ބުރާސްފަތި

އަގު ހުށަހެޅުއްވުމަށް

13 އޮގަސްޓު 2015

ވޭސްޓް މެނޭޖްމެންޓް ސެކްޝަން، ކަނބާ އާއިސާރަނި ހިނގުން ( ކުރީގެ މާފަންނު އަވަށު އޮފީސް )

14:00

ބުރާސްފަތި

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

5 ޝައްވާލް 1436

21 ޖުލައި 2015
ހޯދާ