ދިވެހިރާއްޖެ
މިމަރުކަޒުގެ ބައެއް ޢިމާރާތްތައް މަރާމާތުކޮށް، ކުލަ، ދަވާދު ލުމާބެހޭ
މިމަރުކަޒުގެ ބައެއް ކުލާސްތަކުގެ ފަންކާ ބަދަލުކުރުމާއި، 4 ބުރި ޢިމާރާތުގެ ފެންމޯޓަރ ބަދަލުކުރުމާއި، ފުރާޅުން ހަލާކުވެފައިވާ ބައެއް ޓިނު ބަދަލުކުރުމާއި، ފާޚާނާތައް މަރާމާތުކުރުމާއި އަދި ޢިމާރާތްތަކާއި ފުރާޅުގައި ކުލަ، ދަވާދުލުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮގަސްޓު 25 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 1:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްދިނުމާއި ބީލަންފޯމު ދޫކުރުން 2015 އޮގަސްޓުމަހުގެ 19 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 1:30ގައި މިމަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަންފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޝައްވާލް 1436