ދިވެހިރާއްޖެ
މިރަށު ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އެމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބިޑު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށަހަޅާ ފަރާތްތަކުގެ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިމަސައްކަތް ކުރުމަށް ހުށަހަޅާ ބިޑުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.
މަސައްކަތުގެ އަގަށް %60
މަސައްކަތުގެ މުއްދަތަށް %25
ތަޖްރިބާއަށް % 15
27 ޝައްވާލު 1436