މަޤާމު
|
ޑްރައިވަރ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
ރޭންކް: SS2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން
|
ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ހެލްތު ސެންޓަރުގެ އެމްބިއުލާންސް ޑުރައިވަރަކަށް ކަނޑައެޅިފައިވާ ޑިއުޓީގައި، ހެލްތު ސެންޓަރުން އަންގާ ވަގުތުތަކެއްގައި، އަންގާ ގޮތެއްގެމަތިން ކުރުން.
- އެމްބިއުލާންސް ދަތުރުތަކަށް ބޭނުންވާ ތެލާއި އެހެނިހެން ތަކެތި، އޮފީހުގެ ކަމާބެހޭ މުވައްޒަފަކާ ގުޅިގެން ހޯދުމުގައި އެހީތެރިވުން.
- އެންބިއުލާންސްގައި ކުރަންޖެހޭ މަރާމާތު، ކަމާބެހޭ ބޭފުޅަކަށް ދަންނަވައިގެން ކުރުން.
- އެމަޖެންސީކޮށް ކުރަންޖެހޭ ދަތުރުތަކަށް ގުޅާ ވަގުތުތަކުގައި ޖަވާބު ދެވޭނެފަދަ ގޮތަކަށް ތިމާގެ އަމިއްލަ ފޯން ބޭނުންކުރުން.
- ގައިންގަޔަށް އަރާފަދަ ބައްޔެއް ޖެހިފައިވާ ބަލިމީހަކު ގޮވައިގެން ދަތުރެއް ކޮށްފިނަމަ، އެ ދަތުރެއް ނިމުނުހާ އަވަހަކަށް އެމްބިއުލާންސްގެ އެތެރެ ވީހާވެސް ރަނގަޅަކަށް ދޮވެ ސާފުކުރުން.
- ބަލިމީހާ ބޭއްވުމަށް ޚާއްޞަކުރެވިފައިވާ އެނދުގެ ބެޑްސީޓާއި ބާލީހުއުރަ ދޮވުމަށްޓަކައި، ހަފުތާއަކު އެއްފަހަރު، އެޓެންޑެންޓުންނާ ހަވާލުކުރުން.
- ޑިއުޓީގަޑީގައި އެމްބިއުލާންސް ދަތުރު ނެތްނަމަ ޞިއްޙީމަރުގެ އެކި އެކި މަސައްކަތްކުރުން.
- ޞިއްޙީ މަރުކަޒުން އިންތިޒާމުކުރާ މުނާސަބަތުތަކާއި، ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްހުރި މީހަކުކަމުގައިވުން.
ނޯޓް: ޑްރައިންވިންގ ލައިސަންސެއް އޮތުން މުހިންމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ރިސްކް އެލަވަންސް ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2015 ސެޕްޓެންބަރު 02 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒަށް.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން
|
2015 ސެޕްޓެންބަރުމަހުގެ ތެރޭގައި ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6580394 އެވެ.
ވަޒީފާއަށް އެދޭ ފޯމު، ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.
|