ދިވެހިރާއްޖެ
މ.މުލީ މެޖިސްޓްރޭޓް ކޯޓްގެ ފެންތާނގީ ހިޔާކުރުމާއި، ވޮޗަރުންނާއި ކޯޓަށް ހާޒިރުކުރާމީހުން ބޭނުން ކުރުމަށް ފާޚާނާ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން
މިކޯޓުގެ ފެންތާނގީ ހިޔާކުރުމާއި، ވޮޗަރުންނާއި ކޯޓަށް ހާޒިރުކުރާމީހުން ބޭނުން ކުރުމަށް ފާޚާނާ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ފެންތާނގީ ހިޔާކުރުމާއި، ވޮޗަރުންނާއި ކޯޓަށް ހާޒިރުކުރާމީހުން ބޭނުން ކުރުމަށް ފާޚާނާ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.
11 ޛުލްޤަޢިދާ 1436