މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެއިން ކްރޭނެއް ކުއްޔަށް ހިފުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ހުޅުމާލެއިން ކްރޭނެއް ކުއްޔަށް ހިފުން

މި ކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު: MWSC-61/ADV/2015/118 އަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ކ.ހުޅުމާލޭގައި ހިންގާ އެމް.ޑަބްލިޔު.އެސް.ސީ. ގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ކްރޭނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/100 ރުފިޔާއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 1 އޮކްޓޫބަރު 2015 އިން 7 އޮކްޓޫބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށް އެމް.ޑަބްލިޔު.އެސް.ސީ. (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ، 11 އޮކްޓޫބަރު 2015 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 12 އޮކްޓޫބަރު 2015 ވާ ހޯމަދުވަހު 11:20 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހު 11:20 އެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

28 ސެޕްޓެންބަރު 2015
ހޯދާ