ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ އޮފީސް ހިންގުމަށް 1500 – 2500 އަކަފޫޓުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ އޮފީސް ޖާގައަކީ ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠެއް ހަމަވާ އޮފީސް ޖާގައަކަށް ވާންޖެހޭނެއެވެ.
އޮފީސް ޖާގައިގެ ހުންނަންޖެހޭ ޝަރުޠުތައް
- ވަކި ކަރަންޓް މީޓަރެއް ހުރުން
- މަދުވެގެން 2 ފާޚާނާ ހުރުން
- ދެވަނަ ފްލޯއިން މަތީ ތަނެއްނަމަ ލިފްޓްހުރުން
- އެއަރކޮންޑިޝަނިންގ ހުރުން
- ތަޅުމުގައި މުށިޖަހާފައިވުން
- ފާޚާނާތަކަށް ބޭނުންވާ ވޯޓަރސަޕްލައިފެން ހުރުން
- ވަކި ފެނުގެ މީޓަރެއް ހުރުން
ވީމާ، ދެންނެވުނު ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން 1500 – 2500 އާ ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅަންޖެހޭ ތަކެތި
- 1500 – 2500 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ދޫކުރާނެ އަގު
- ތަނުގެ ރަޖިސްޓަރީގެ ކޮޕީ
- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
- ތަނުގެ ކުރެހުން ބޮޑުމިނާއި ތަފުސީލުތައް އެނގޭގޮތަށް
- ފާޚާނާގެ އަދަދު އަދި ކޮޓަރި ހުރިނަމަ ކޮޓަރީގެ އަދަދު
- ފާޚާނާ ނުވަތަ ކޮޓަރި ނެތްނަމަ ނެތްކަން
- ތަނުގެ ފޮޓޯ
- އެންމެފަހުގެ ކަރަންޓު އަދި ފެނުގެ ބިލް
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
- އޮފީސް ޖާގައެއް ކުއްޔަށް ހިފުމާ ގުޅޭ އިޢުލާނު ނަންބަރު: IUL)438-RDS/1/2015/139)
އަންދާސީހިސާބު އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް
- ހުށަހެޅޭ އަގު (60 މާކްސް)
- (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު) 60x
- ޝަރުޠުތައް ހަމަވެފައިވާ މިންވަރު (20 މާކްސް)
- ތަނުގެ ފެންވަރު (20 މާކްސް)
- ހުށަހަޅާފައިވާ ފޮޓޯ އަދި ތަނުގެ ކުރެހުމަށް ބަލާފައި
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަޙަޅުއްވާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018368 / 3018431 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.