ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒުގެ 10 ކްލާސް ރޫމްގައި ތަށިމުށި ޖެހުމާބެހޭ
މި މަރުކަޒުގެ އިޢުލާން ނަންނަރު GS09/2015/19 ( 22 އޮކްޓޫބަރު 2015 ) ގެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.
މި މަރުކަޒުގެ 10 ކްލާސް ރޫމުގައި ތަށިމުށި ޖެހުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:30 އަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަން ފޯމު ދޫކުރުން 2015 ނޮވެންބަރު މަހުގެ 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30ގައި މި މަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަން ފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 މުޙައްރަމް 1437