ދިވެހިރާއްޖެ
މިމަދަރުސާގެ 2 ކްލާސްރޫމުގެ ތަށިމުށި ޖެހުމާގުޅޭ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު MSG)22-SA/GS-76/2015/23)ފ(22 ނޮވެންބަރު 2015) މެސެޖާ ގުޅޭ
މިމަދަރުސާގެ 2 (ދޭއް) ކްލާސްރޫމުގައި ތަށިމުށި ޖަހައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޑިސެންބަރު 2015ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00ގައި މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޑިސެންބަރު 2015ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ގެންނަވަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޞަފަރު 1437