މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ވިޔަފާރީގެ އުސޫލުން 2016 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާތީ އެއިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދޭ ފަރާތްތަކުން 13 ޑިސެންބަރު 2015 ވަނަ ދުވަހުގެ 10:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެންބަރު 2015 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން

މީޓިންގ ހަމަޖެހިފައިވާ ގޮތް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

13 ޑިސެންބަރު 2015

10:00

އަންދާސީހިސާބު ހުށަހެޅުން

17 ޑިސެންބަރު 2015

10:00

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުމަށް އެހެން މީހަކު ފޮނުވާނަމަ އެކަން އެނގޭގޮތަށް ސިޓީއެއް ފޮނުއްވުން އެދެމެވެ. ހުށަހަޅާ އަންދާސީހިސާބަށް މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ ގޮތަށެވެ.

                  އަގަށް: %75

                  ތަޖުރިބާ: % 15

                  މުވައްޒަފުންނާއި ކުންފުނި ޖަމާޢަތް: % 10

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ