މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސްކުރުމާގުޅޭ

2016 ޖަނަވަރީ 1 ން 2016 ޑިސެންބަރު 31 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 30 ވާ ބުދަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6500097 އާ ގުޅުއްވުން އެދެމެވެ.

06 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015
ހޯދާ