ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މަޤާމު: މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މުސާރަ: ދެފަރާތް އެއްބަސްވާގޮތެއްގެ މަތިން
މަޤާމުގެ ޝަރުޠު:
- މާކެޓިންގ ދާއިރާއިން ބެޗަލަރސްޑިގްރީ ލިބިފައިވުން.
- މާކެޓިންގ އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 4 - 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އާއި، އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ލިބިފައިވުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ މުވައްޒަފަކުކަމުގައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
އެން. އޯ. ސީ. ގެ މާކެޓިންގ ސްޓްރެޓެޖީ ޕްލޭނެއް ހަދައި އިމްޕްލިމެންޓް ކުރުން.
- މީޑިއާ އަޕްޑޭޓްކުރުމާއި، ޕަބްލިކް ރިލޭޝަން އޮފިސަރެއްގެގޮތުގައި މަސައްކަތްކުރުން.
- އެން. އޯ. ސީ. އަށް ސްޕޮންސަރ ހޯދުމަށް، ޕްރޮޕޯޒަލް ތައްޔާރުކުރުން.
- ކުދި އެސޯސިއޭޝަންތަކުގެ އިވެންޓްތައް ޕްރޮމޯޓްކުރުމަށް އެހީވެދިނުން.
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖަނަވަރީ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އޮލިމްޕިކް ކޮމިޓީގެ އޮފީސް، ހ. ބޯޅަގެ، 2 ވަނަ ފަންގިފިލާއަށް، ސީވީ ހުށަހެޅުން އެދެމެވެ.
23 ރަބީއުލްއައްޥަލް 1437