ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: ރިލީފް ޓީޗަރ
އަދަދު: 1 (އެކެއް)
ޝަރުޠު: 1- ޓީޗިންގ ސެޓުފިކެޓު އޮތް މީހަކު ކަމުގައިވުން ނުވަތަ،
2. ގުރޭޑް 10 ނިންމާފައިވުން ނުވަތަ،
3. ގުރޭޑް 7 ނިންމާފައިވުން.
ފެންވަރު |
މުސާރަ މަހަކަށް |
ސާވިސް އެލަވަންސް |
ގުރޭޑް 7 ނިންމާފައިވުން |
-/3100 ރ |
-/1000 ރ |
ސާނަވީ ތަޢުލީމު ނިންމާފައިވުން |
-/3565 ރ |
-/1500 ރ |
ސާނަވީ ތަޢުލީމު ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވުން |
-/4000 ރ |
-/1500 ރ |
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ދަންނަވަމެވެ. ރިލީފް ޓީޗަރުން ކޮންޓްރެކްޓް ކުރެވޭނީ 3 މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.
ވީމާ، ރިލީފް ޓީޗަރުކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީ 2016 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ސްކޫލް އޮފީހަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކާއި އިންޓަރވިއުކުރުން އޮންނާނީ 2016 ޖަނަވަރީ 19 ވަނަ ދުވަހުގެ 13:00 ގައި ހެނބަދޫ ސްކޫލްގައެވެ.