މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މުސާރަ:
|
-/4،465 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/1،500 ރުފިޔާ
|
މީޑިއާ ކައުންސިލް އެލަވަންސް:
|
މުސާރައިގެ 35 ޕަސެންޓް
|
އިތުރުގަޑި:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމު އޮތް އޮފީސް:
|
މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:
|
މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް
|
މަޤާމުގެ ޝަރުތުތައް:
|
1. ފައިނޭންސް ނުވަތަ މެނޭޖްމަންޓް ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- މީޑިއާ ކައުންސިލުގެ އިންފްރާންސްޓްރަކްޗަރއާއި އެހެނިހެން ކަންކަން ހުރިނެތްގޮތް ބަލައި، އެފަދަ ކަންކަން ހަމަޖެއްސުމުގައި ކުރަންޖެހިފައިވާ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދިއުމަށް މަގު ފަހިކުރުމާއި، ކައުންސިލުން ތައްޔާރުކުރަންޖެހޭ އެއްބަސްވުންތަކާއި އެގްރީމެންޓްތައް ލިޔުން.
- ކައުންސިލަށް ބޭނުންވެގެން ގަންނަން ފޮނުވާ ތަކެތި ގެނައުމުން، އެ ތަކެތި އެއީ އޯޑަރުދިން ތަކެތިތޯ ރަނގަޅަށް ބަލައި ޗެކްކޮށްފައި ބަލައިގަތުމަށްފަހު، ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން.
- ފައިސާ ޚަރަދުކުރުމުގެ ވައުޗަރާއި، ވައުޗަރ ރަޖިސްޓްރީއާއި ޗެކް ރަޖިސްޓްރީ ތައްޔާރުކުރުން.
- ފައިސާއާ ބެހޭގޮތުން ކުރެވޭ މުޢާމަލާތްތަކުގެ އެންމެހައި ލިޔެކިޔުން، ދުވަހުން ދުވަހަށް، ފައިލްކޮށް ބެލެހެއްޓުން.
- ކައުންސިލުން މީޑިއާއަށް ހިންގާ ޓްރޭނިންގ/ކޯސްތަކުގެ އެންމެހައި މަސައްކަތް ކުރުން.
- ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން، ހިނގައިދިޔަ މަހުގެ ބަޖެޓް ރިޕޯޓް، ޚަރަދުވި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ކޮންމެ އަހަރަކަށް ލަފާކުރާ މީޑިއާ ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށްފައި، މިނިސްޓްރީ އޮފް ފިނޭންސުން އަންގަވާ މުއްދަތަކަށް، ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ޤަވާޢިދާއި، މާލިއްޔަތު ޤާނޫނާއި ޤަވާޢިދުގައިވާގޮތުގެމަތިން، ފައިސާއާބެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ބަޖެޓުން ފައިސާ ޚަރަދުކުރުމާއި، ފައިސާއާބެހޭ އެނޫން އެންމެހައި މުޢާމަލާތްތައް ހިންގައި ބެލެހެއްޓުން.
- މުސާރައާއި، އެލަވަންސާއި، އެހެނިހެން ފައިސާ ޤަވާޢިދުން މުވައްޒަފުންނަށް ދިނުން.
- ފައިނޭންސް ސެކްޝަނަށް އަންނަ ސިޓީ ބަލައިގަތުމާއި، ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި ނޯޓުފަދަ ތަކެތި ލިޔުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.
- މީޑިއާ ކައުންސިލުން ބާއްވާ އެކިއެކި ކޮންފަރެންސްތަކާއި، ސެމިނަރތަކާއި، ޖަލްސާތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.
- ކައުންސިލަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި އެތަކެތީގެ އަގުބެލުމާއި، މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކޮށްފައި، އެ ފަރާތަށް ފޯމު ފޮނުވުން.
- ފައިސާ ދެއްކުމަށްޓަކައި ލިބޭ ބިލުތައްފަދަ ލިޔުންތައް ބަލައިގަނެ، އެތަކެތި ބަލަހައްޓައި، ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ހެދުމުގެ ކުރިން ކަމާބެހޭ ވެރިޔަކަށް ދައްކައި، އޭގައި ސޮއިކުރުވުން.
- ބަޖެޓް ބާކީ ބެލެހެއްޓުން.
- މެންޑޭޓުގައި ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެ ވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށާއި، ކައުންސިލުން ބަލަމުންގެންދާ މައްސލަތަށް ބެލުމުގައި އެހީތެރިވެދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
|
1. ތަޢުލީމާއި ތަމްރީން.
2. މަސައްކަތުގެ ތަޖުރިބާ.
3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު.
4. މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
5. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތަކަށް ބަލައި، އިންޓަވިއުން އެންމަތީ މާކްސް ހޯދާ ފަރާތެއް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
ފޯމް ފޮނުވަންވީ ތާރީޚާއި ތަން:
|
2016 ފެބްރުވަރީ 9 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން 2016 ފެބުރުވަރީ 14 އާއި 18 އާ ދެމެދުގެ ތާރީޚެއްގައި މި ކައުންސިލުގައި އޮންނާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޤާމަށް އެދޭ ފޯމު، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މި ކައުންސިލުގެ 3003886 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
|
15 ރަބީޢުލްއާޚިރު 1437
|