މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހެވީ ވެހިކަލް ކުއްޔަށް ހިފުމާބެހޭ

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހެވީ ވެހިކަލް ކުއްޔަށް ހިފުމާބެހޭ

އުތުރު ސަރަހައްދުގެ ބައެއް ރަށްރަށުގެ ކުނި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ތިރީގައި މިދަންނަވާ ހެވީ ވެހިކަލްތައް 01 (އެކެއް) މަސްދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.

އަދަދު

ނަން

ކެޕޭސިޓީ

01

ޑަންޕް ޓްރަކް

10-15 ޓަނު

01

އެކްސްކަވޭޓަރ

10-15 ޓަނު

ވީމާ، މަތީގައި ދެންނެވިފައިވާ ހެވީ ވެހިކަލްތައް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016  ފެބުރުވަރީ 24 ވާ ބުދަ ދުވަހު 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ޝައުޤުވެރިކަން ހުށަހެޅުއްވުމުން ސޮފްޓް ކޮޕީ ފޯމެޓުގައި މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ގްރީން ބިލްޑިންގ،

ހަނދުވަރީ ހިނގުން، މާލެ، ދިވެހިރާއްޖެ،

ފޯން    : 3018415

ފެކްސް   : 3018301

އީމެއިލް  : memp@environment.gov.mv

އަގު ހުށަހެޅުން އޮންނާނީ 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

17 ފެބުރުވަރީ 2016
ހޯދާ