ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 2
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
އިތުރު ޢިނާޔަތްތައް: ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ދެވޭނެއެވެ.
ވަޒީފާ އޮތް އޮފީސް: ކުރިނބީ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް / ކުރިނބީ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ދަރިވަރުންނާއި ޓީޗަރުންނަށް، ލައިބްރަރީން ފޮތް ދޫކުރުން.
- ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި، ތަރުތީބުކޮށް ބެހެއްޓުން.
- ހަލާކުވާ ފޮތްތައް ހެއްދުން.
- ލައިބްރަރީގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.
- ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭ ފޮތްތައް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުވުން.
- އަލަށްލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުން.
- ފޮތްކިޔުމަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން.
- ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާފަދަ ތަނެއްގެގޮތުގައި ބެހެއްޓުން.
މަޤާމުގެ ޝަރުޠު:
1. ލައިބްރަރީއާ ގުޅޭ ދާއިރާ / ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއެކު، ލައިބްރަރީއާއި ގުޅޭ ދާއިރާ / ކިޔަވައިދިނުމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެ)
- ތަޢުލީމާއި ތަމްރީން: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.
- ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.
- ލިބިފައިވާ ހުނަރު: އިންޓަވިއު / ޕްރެކްޓިކަލްސް.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ގަޑި އަންގާނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ކުރިނބީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކުރިނބީ ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 29 ވާ ހޯމަދުވަހުގެ 14:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކުރިނބީ ސްކޫލުގެ 6520532 ނަންބަރުފޯނަށް ގުޅުން އެދެމެވެ.
9 ޖުމާދަލްއޫލާ 1437