ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސްރޫޢުގެ ދަށުން ހދ. ހަނިމާދޫގައި ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން ހދ. ހަނިމާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ހައުސިންގ ޔުނިޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ކުރެވުނު ނަންބަރު: IUL)258/2014/77)ފ(16 ޑިސެންބަރު 2014) އިޢުލާނުގައިވާ އުސޫލުތަކުގެ ތެރެއިން މިދަންނަވާ އުސޫލަށް ބަދަލު ގެނައުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ލަފާ ދެއްވުމާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މި ބަދަލު ގެނައުމަށް އަންގަވާފައިވާތީ މިއުސޫލަށް އަންނަނިވި ބަދަލު ވަނީ ގެނެވިފައެވެ.
14- ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ގޯތި ދަރިންގެ މެދުން ބަހާލުމުން ތިމާއަށް ލިބޭ ބިމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ ކުޑަނަމަ 10 ޕޮއިންޓް.
ވީމާ، މަތީގައިވާ އިޞްލާޙު މި އުސޫލުތަކަށް ގެނެވިފައިވާވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
13 ޖުމާދަލްއޫލާ 1437