މަޤާމު: ސޯޝަލް ސަރވިސް އޮފިސަރ
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް:
|
އެމް.އެސް 1
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/5,610 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ
|
އިނާޔަތް:
|
- ހަމަޖެހިފައިވާ އުސޫލުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35.
- ފީލްޑަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި -/100 ރުފިޔާ.
- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސަރވިސަސް ސެކްޝަން / މާލެ
|
އަސާސީ ޝަރުޠު:
|
- ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލަތަކުގެ ރިފަރަލްތަކަށް ޢަމަލުކުރުމާއި ކޯޓު އޯޑަރުތައް ތަންފީޒުކުރުމުގެ އިތުރުންވެސް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި، އެތަންތަނަށް ގޮސް މަޢުލޫމާތު ނަގަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެތަންތަނަށް ދަތުރުކޮށް ވޭދަނައިގެ މަސައްކަތްކުރުން.
- ކުޑަކުދިންނާބެހޭ ކޯޓުތަކުގައި ހިންގާ ޝަރީޢަތްތައް އަޑުއެހުމާއި، ވޭދަނަ ސިންތާތަކުގައި ބައިވެރިވުމާއި ކޯޓްތަކަށް ބޭނުންވާ އެސެސްމަންޓްތައް ހެދުން.
- ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުގައި ބަދަލު ޕްރޮގްރާމް ހިންގުން.
- ބަންދުގައި ތިބޭ ކުދިންނަށް ލައިފް ސްކިލްސް ފަދަ ސެޝަންތައް ނެގުމާއި، ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ނަސޭހަތްދިނުމުގެ ސެޝަންތައް ހިންގުމާއި ހޯމް ވިޒިޓް ހެދުން.
- ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާބެހޭ ގޮތުން ވޭދަނަ ސިންތާއާއި ވިލީ ސިންތާކުރުން.
- އިޞްލާޙު ކުރުމަށްޓަކައި މުޖުތަމަޢަށް އެކަހެރިކުރެވޭ ކުދިންނާއި ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ޖަލުގައި ހައްޔަރުކޮށްފައިތިބޭ ކުދިންގެ ޙާލަތު މޮނިޓަރ ކުރުމާއި، ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަންދިނުން.
- ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާބެހޭ މުއައްސަސާތަކުން ހުށަހެޅޭ ރިފަލްތަކުގައި ހިމެނޭ ކުދިންގެ އެސެސްމަންޓް ނުވަތަ ސޯޝަލް އިންކުއަރީ ރިޕޯޓް ހެދުން.
- ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ބަދަލު ޕްރޮގްރާމް ހިންގުމާއި، އާފްޓަރ ކެއަރ ބެލެހެއްޓުން.
- ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މުޖުތަމަޢުން އެކަހެރި ކުރަންޖެހޭ ކުދިންގެ އިޖުރާޢަތުތައް ފުރިހަމަކުރުމާއި އެކުދިންގެ ޙާލަތު މޮނިޓަރކުރުމާއި ޕްރޮގްރެސް ރިޕޯޓް ހެދުން.
- އެކަހެރި ކުރެވޭ ކުދިން ސެންޓަރުގައި ތިބޭއިރު، އެކުދިންގެ ބެލެނިވެރިން، އެކުދިންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- އެކަހެރި ކުރެވޭ ކުދިންގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ނިމުމުން އެކުދިން އަނބުރާ މުޖުތަމަޢަށް ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޔުނިޓަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކާބެހޭ ފައިލްތައް ބެލެހެއްޓުން.
- މީގެ އިތުންވެސް އޮފީހުގެ މަސއްކަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
|
މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ
|
ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ރޭންކް:
|
އެމް.އެސް 3
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/7,035 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ
|
އިނާޔަތް:
|
- ހަމަޖެހިފައިވާ އުސޫލުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35.
- ފީލްޑަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި -/100ރުފިޔާ.
- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސަރވިސަސް ސެކްޝަން / މާލެ
|
އަސާސީ ޝަރުތު:
|
- ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ސޯޝިއޮލޮޖީ / ސޯޝަލް ވާރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ މައްސަލަތަކުގެ ރިފަރަލްތަކަށް ޢަމަލުކުރުމާއި ކޯޓު އޯޑަރުތައް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
- ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ މައްސަލަތައް ކޭސްވަރކަރުންނާ ހަވާލުކުރުން.
- ވޭދަނައިގެ މަސައްކަތްތައް (ކޭސް ވަރކް) ސުޕަވައިޒްކުރުން.
- ވޭދަނައިގެ މަސައްކަތްކުރާ ޚިދުމަތްތެރިންނަށް (ކޭސް ވަރކަރުންނަށް) ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
- އޮންކޯލް ޑިއުޓީ ތާވަލްކޮށް ބެލެހެއްޓުން.
- ވޭދަނައިގެ މަސައްކަތު ފައިލްތައް އަޕްޑޭޓްކޮށް ބަލަހައްޓާތޯ ޗެކް ކުރުމާއި، ކުދިންގެ މައްސަލަތަކާ ގުޅިގެން ވޭދަނަ ސިންތާ (ކޭސް ކޮންފަރެންސް) އާއި ވިލީ ސިންތާ (ކޮމިއުނިޓީ ކޮންފަރެންސް) އިންތިޒާމުކޮށް ހިންގުން.
- ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ ކުދިންނަށް އިޞްލާޙީ ސެޝަންތައް އިންތިޒާމުކޮށް، ހިންގައި ބެލެހެއްޓުން.
- ކުށުގެ ބަންދުގައި ތިބޭ ކުދިންގެ ޙާލަތު މޮނިޓަރކުރުމާއި، ޙާލަތު އިޞްލާޙު ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
- ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ގޮތުން ބަދަލު ޕްރޮގްރާމް (ޑައިވަރޝަން ޕްރޮގްރާމް) ހިންގުން.
- ކުދިންގެ މައްސަލަތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ސޯޝަލް އިންކުއަރީ ރިޕޯޓާއި އެސެސްމަންޓް ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ކޯޓުގައި ހިނގާ ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީޢަތްތަކާއި މުއްދަތު މަޖިލިސްތަކަށް ކޭސްވަރކަރުން ހާޒިރުވުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކުދިންގެ މައްސަލަތަކާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވުން.
- ކޯޓުއަމުރުގެ ދަށުން ތަޢުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަށް ފޮނުވަންޖެހޭ ކުދިންގެ ކަންތައްތައް ބެލެހެއްޓުމާއި، އެ ކުދިންގެ ޙާލަތު މޮނިޓަރ ކުރުމާއި އެކުދިންނަށް ބޭނުންވާ ޕްރޮގްރާމްތައް ވިލަރެސް ކުރުމާއި ހިނގާނުހިނގާގޮތް ބެލުމާއި ވަޒަން ކުރުމާއި އިރުޝާދު ދިނުމާއި އެސް.އޯ.ޕީ ރިވިއު ކުރުން.
- ތައުހީލު ކުރުމުގެ ޕްރޮގްރާމްތައް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން ޖަލުގައި ބަންދު ކުރެވިފައިވާ ކުދިންގެ ޙާލަތު މޮނިޓަރ ކުރުމާއި ޙާލަތު ރަނގަޅުކޮށް އިޞްލާޙު ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޔުނިޓަށް ހުށަހެޅޭ ވޭދަނަތަކުގެ (ކޭސްތަކުގެ) ރެކޯޑުތައް ބެލެހެއްޓުމާއި، ޔުނިޓުގެ ވޭދަނަ ސިންތާ (ކޭސްވާރކް) ގެ ރެކޯޑުތައް ބެލެހެއްޓުމާއި ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސްގެ މަސައްކަތްތައް ބެލެހެއްޓުން.
- މީޑިއާ ރިޕޯޓާއި އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ދިނުން.
- ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ބޭނުންވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް ހެދުމުގައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މި ދާއިރާގައި ޢަމަލީގޮތުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:
|
2016 މާރިޗު 27 ވަނަ ދުވަހާއި 2016 އެޕްރީލް 21 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.
|
އިތުރު މަޢުލޫމާތު:
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.
|