މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖަލްސާއެއް (ޙަފުލާއެއް) ބޭއްވުމަށް
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 މޭ 2016 ގައި ޖަލްސާއެއް (ޙަފުލާއެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިޖަލްސާ ބޭއްވުމާ ގުޅޭގޮތުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ހޯލް ތައްޔާރުކޮށްދިނުން (ސައުންޑާއި ލައިޓް އަދި ޑެކަރޭޝަންސް)
- ޙަފުލާގެ ކޭޓަރިން
- ޙަފުލާގެ ފޮޓޯ ނެގުން
ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
28 ޖުމާދަލްއޫލާ 1437
08 މާރިޗު 2016
ހޯދާ