އިޢުލާން
ހައްދުންމަތީ މާވަށުގައި ޤާއިމުކުރާ އެޗް.ޓޫ.އޯގެ އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި އިދާރާއިން ލެކްރެޑް ހިލޭ އެހީގެ ދަށުން ޤާއިމުކުރާ ވާރޭފެން ރައްކާކުރާ ނިޒާމެއް ޤާއިމުކުރުމަށް ބިނާކުރާ އެޗް.ޓޫ.އޯގެ އިމާރާތް ކުރުމަށް ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި އިމާރާތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މާކްސްދެވޭ ކްރައިޓީރިއާ
|
މާކްސް ދެވޭގޮތް
|
ތަފުސީލު
|
ފޮމިއުލާ
|
މަސައްކަތުގެ އަގު
|
65%
|
- ތަކެތި ނުވަތަ ޚިދުމަތުގެ އަގަށް ދޭ މާކްސް
- މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.
|
ލިބުނުމާކުސް =
|
ހުށަހަޅާފައިވާ އެންމެ ކުޑައަގު
|
65x
|
ހުށަހެޅިއަގު
|
|
މަސައްކަތް ނިންމާ މުއްދަތު
|
15%
|
- މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
- މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.
|
ލިބުނުމާކުސް =
|
ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތު
|
15x
|
ހުށަހެޅިމުއްދަތު
|
|
މާލީގޮތުން އެކަންކުރެވޭނެ ފެންވަރު
|
5%
|
- މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިވަރު ބަލާ ދެވޭ މާކްސް
- މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިކަން ބަލާނީ ހުށަހަޅާ ބޭންކް ގެރެންޓީ ފަދަ ރަސްމީ ލިޔުންތަކަށް ބަލައިގެން އެންމެ ގިނައިން ހުރި ފައިސާގެ އަދަދަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ފައިސާގެ އަދަދުތަކުގެ މައްޗަށް ބަލައިގެން ލިބޭ % އަކުންނެވެ.
- މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ ފައިސާގެ އަދަދު އެންމެ ގިނައިން ހުރި ފަރާތަކަށެވެ.
|
ލިބުނުމާކުސް =
|
ހުށަހަޅާފައިވާ ފައިސާގެ އަދަދު
|
5x
|
ހުށަހަޅާފައިވާ އެންމެމަތީ ފައިސާގެ އަދަދު
|
|
ތަޖުރިބާ
|
15%
|
- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
- ފާއިތުވެދިޔަތަނުގައި މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާއަށް ބިނާކޮށް މާކްސް ދެވޭވަރު ބަލާނީ އެންމެ ގިނައިން ތަޖުރިބާގެ ލިޔުން ހުށަހެޅި ފަރާތް ބެންޗްމާކެއްކަމުގައި ބަލއިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާފައިވާ ފަރާތަކެށެވެ.
|
ލިބުނުމާކުސް =
|
ހުށަހެޅި ލިޔުމުގެ އަދަދު
|
15x
|
އެންމެ ގިނައިން ލިޔުން ހުށަހެޅި އަދަދު
|
|
06 ޖުމާދުލްއާޚިރާ 1437