ދިވެހިރާއްޖެ
އިޢުލާން
ޤާނޫނީ މަސައްކަތެއް ކުރުމާބެހޭ
ހަނިމާދޫ ކައުންސިލުން 50 އަހަރުދުވަހުގެ މުއްދަތަށް ޓުއަރިސްޓް ސިޓީ ހޮޓާ ހިންގުމަށްޓަކައި ޓްއަރިޒަމް ޒޯނުން ދޫކުރެވިފައިވާ ބިމުގެ އެއްބަސްވުމުގައި ޤާނޫނީ ފުށުއަރާ ކަންތައްތަކެއް ހުރިތޯ ބެލުމަށާއި، އަދި މިހާރު ހެދިފައިވާ އެއްބަސްވުން ދިވެހިބަހަށް ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ލޯފާމްތަކުން ނުވަތަ ލޯޔަރުން 12 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުން މިމަސައްކަތް ކޮށްދޭނެ އަގާއި މުއްދަތު ބަޔާންކޮށް އެފަރާތެއްގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. އަދި މިފަދަ ލޯފާމްތައް ނުވަތަ ލޯޔަރުންނަކީ ރާއްޖޭގެ ދަށުކޯޓުތަކާއި މަތީކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ލިބިފައިވާ ފަރާތްތަކަށް ވާންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.