ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެއަރކޯންތައް (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރު: (IUL)10-F/1/2016/10 (16 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހެޅުއްވި އަންދާސީހިސާބުތައް ފުރިހަމަނުވާތީ އަލުން އެއިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.
20 ޖުމާދަލްއާޚިރާ 1437