ދިވެހިރާއްޖެ
އިޢުލާން
މިސެންޓަރުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކުގައި ބޭނުންކުރުމަށް ބޭނުންވާ ގޮދަޑިއާއި ބާލީސް ގަތުމަށް ބޭނުންވެގެންކުރި ނަންބަރު: (IUL)MISL004-A/1/2016/1 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަތީ ދެފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ވީމާ، ތިރީގައި މިދަންނަވާ ތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 05 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:00 އަށް މިސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
10 ފޯމު ގޮދަޑި (ސިލްގަލް 3x6 ފޫޓުގެ) ވެކިއުމްޕެކްކޮށްފައި ހުންނަ.
10 ބާލީސް ( ވެކިއުމްޕެކް ޕިލޯ )
10 ބެޑްޝީޓް ( ކޮޓަން ސިންގަލް ބެޑްޝީޓް )
10 ބްލެންކެޓް ( ސިންގަލް 3x6 ފޫޓުގެ )
10 ބާލީސް އުރަ