ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު، ގދ. ފަރެސްމާތޮޑާ
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ވޮޗަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް. އެސް. 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ. ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު

ތައުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ޞިއްޙީ މަރުކަޒުގެ އިމާރާތުގެ އެތެރެއާއި ބޭރުގެ ސެކިއުރިޓީ ރަގަނޅަށް ބެލެހެއްޓުން.
  2. ޞިއްޙީ މަރުކަޒުގައި ގަވާއިދާ ޚިލާފް އެއްވެސްކަމެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރުމާއި، ޙައްލުނުކުރެވޭވަރުގެ ކަމެއްނަމަ، ކަމާބެހޭ އިސްފަރާތްތަކަށް އެންގުން.
  3. ޞިއްޙީގޮތުން ހިންގާ އެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  4. މަތީގައިވާ ކަންކަމުގެ އިތުރުން، ޞިއްޙީ މަރުކަޒުގައި ކުރަންޖެހޭ ރަސްމީ ކޮންމެ މަސައްކަތެއް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށްވަރުކުރުމަށް އިންޓަވިޔުކޮށްގެން.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ރަށް:

ގދ. ފަރެސްމާތޮޑާ

މަސައްކަތްކުރަން ހަމަޖެހިފައިވާ ގަޑި:

ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް.

ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސް

ހުޅަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާ އަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު) ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި ތަމްރީންގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
  8. މަސައްކަތުގެ  ދާއިރާއިން  ލިބިފައިވާ  ތަޖުރިބާގެ  ލިޔުން (މި  ލިޔުމުގައި،  އަދާކޮށްފައިވާ  މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރިޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓް: ވަޒީފާއާ ނުގުޅޭ ތަމްރީނަކަށް ނުވަތަ ތަޖްރިބާއަކަށް މާރކްސްއެއް ނުލިބޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

- ގދ. ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒުގައި، 2016 މޭމަހުގެ ފުރަތަމަ ހަފްތާގައި.

- އިންޓަވިޔު  ކުރާނީ  ވަޒީފާގެ  ޝަރުޠު  ހަމަވާ  ފަރާތްތަކާ  އެކަންޏެވެ.  ޝަރުޠު  ހަމަވާ  ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.)

ސުންގަޑި:

2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒުގެ އޮފީހަށް.

 

އިތުރު މަޢުލޫމާތު:

- މިމަޤާމަށް ކުރިމަތިލެވޭނީ، މީލާދީ ތާރީޚުން އުމުރުން 18 އަހަރުފުރި، 55 އަހަރު ނުފުރޭ މީހުންނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 14:00 އާ ހަމަޔަށް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6840097 އެވެ.

7 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ