ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު، ގދ. ފަރެސްމާތޮޑާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް. އެސް. 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ގދ. ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ޞިއްޙީ މަރުކަޒުގެ އޮފީހާއި، އޮފީސް ހިމެނޭ ސަރަހައްދު ކުނިކަހައި، ސާފުތާހިރުކޮށް ބެލެހެއްޓުން.
  2. ޞިއްޙީ މަރުކަޒުން އެކިތަންތަނަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތަކާއި، ތަކެތި ރައްދުކުރުން.
  3. ޞިއްޙީގޮތުން ހިންގާ އެކިހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  4. މިނޫނަސް، ޞިއްޙީ މަރުކަޒުގައި ކުރަންޖެހޭ ރަސްމީ ކޮންމެ މަސައްކަތެއް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށްވަރުކުރުމަށް އިންޓަވިޔުކޮށްގެން.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ރަށް:

ގދ. ފަރެސްމާތޮޑާ

މަސައްކަތް ކުރަންހަމަޖެހިފައިވާ ގަޑި:

ރަސްމީ  ކޮންމެ  ދުވަހެއްގެ  ހެނދުނު  8:00  އިން  މެންދުރު 14:00 އަދި ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް (ޑިއުޓީ އުސޫލުން)

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ޝިފްޓް އެލަވަންސާއި، ރިސްކް އެލަވަންސް.

 

 

 

 

ހުޅަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު) ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (މި ލިޔުމުގައި ފުރިހަމަކުރި ތަމްރީނާއި ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) 
  8. މަސައްކަތުގެ  ދާއިރާއިން  ލިބިފައިވާ  ތަޖުރިބާގެ  ލިޔުން (މި  ލިޔުމުގައި،  އަދާކޮށްފައިވާ  މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރިޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓް: ވަޒީފާއާ ނުގުޅޭ ތަމްރީނަކަށް ނުވަތަ ތަޖުރިބާއަކަށް މާކުހެއް ނުލިބޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

- ގދ. ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒުގައި، 2016 މޭމަހުގެ ފުރަތަމަ ހަފްތާގައި.

- އިންޓަވިޔު ކުރާނީ، ވަޒީފާގެ ޝަރުޠު ހަމަވާ ފަރާތްތަކާ އެކަންޏެވެ.

- ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.)

ސުންގަޑި:

2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ފަރެސްމާތޮޑާގެ ޞިއްޙީ މަރުކަޒުގެ އޮފީހަށް.

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ކުރިމަތިލެވޭނީ، މީލާދީ ތާރީޚުން އުމުރުން 18 އަހަރުފުރި، 55 އަހަރު ނުފުރޭ މީހުންނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 14:00 އާ ހަމަޔަށް، މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6840097 އެވެ.

 7 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ