ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަން ކިއުން

އިޢުލާން

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • 01 ފްރިޖް
  • 01 އޮފީސް ޗެއަރ
  • 01 ފޮޓޯކޮޕީމެޝިން
  • 06 ވައިޓް ޗެއަރ
  • 01 މެޓަލް ޗެއަރ (ގްރީން ކަލަރ)
  • 01 އެއަރކޯން

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/1,500 ރުފިޔާ (އެއްހާސް ފަސްސަތޭކަ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/200 (ދުއިސައްތަ) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ދެވަނަފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7974772 ފޯނާ ގުޅުއްވުން އެދެމެވެ.

10 ރަޖަބު 1437

17 އޭޕްރިލް 2016
ހޯދާ