މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1 އަހަރުދުވަހަށް ގުދަނެއް ކުއްޔަށް ހިފުމަށް
އިޢުލާން
މި މިނިސްޓްރީގެ ލިޔެކިޔުންތައް ރައްކާތެރިކުރުމަށްޓަކައި އެކަށީގެންވާ ގުދަނެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
10 ރަޖަބު 1437
17 އޭޕްރިލް 2016
ހޯދާ