ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކައުންސިލަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ތުރާކުނު މަދަރުސާ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ތުރާކުނު މަދަރުސާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކައުންސެލިންގ ޕްރޮގުރާމުތައް ރޭވުމާއި، އެ ޕްރޮގުރާމްތައް ހިންގުމާއި، އެކަމާއި ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން
- ކައުންސެލިން ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސިލިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގގެ ފޮލޯއަޕް ހެދުން.
- ދަރިވަރުންގެ ނަފްސާނީ މައްސަލަތަކާއި، ޖިސްމާނީ މައްސަލަތަކާއި، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
- ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެ ދަރިވަރުންނަށް ފޯރުވައިދިނުން.
- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް، މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.
- ސްކޫލުގެ އަހަރީ އިނާމްދިނުމުގެ ޙަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް އެކަމަށް ސްކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
މަޤާމުގެ ޝަރުޠު:
1. ކައުންސިލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ކައުންސިލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. ކައުންސިލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެ)
- ތަޢުލީމާއި ތަމްރީން: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި، ކުރު މުއްދަތުގެ ތަމްރީނުތައް.
- ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި، އެހެނިހެން ތަޖުރިބާ.
- ލިބިފައިވާ ހުނަރު: އިންޓަވިއު / ޕްރެކްޓިކަލްސް.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތުރާކުނު މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތުރާކުނު މަދަރުސާގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 3 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ތުރާކުނު މަދަރުސާގެ 6500547 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
11 ރަޖަބު 1437