ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ:
ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
1. މި މަދަރުސާގެ ފައުންޑޭޝަން ސްޓޭޖުގެ 02 ފާޚާނާއާއި ސްޓާފުންގެ 02 ފާޚާނާ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަދަރުސާ ފައުންޑޭޝަން ސްޓޭޖުގެ 02 ފާޚާނާއާއި ސްޓާފުންގެ 02 ފާޚާނާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 10 ވާ އަންގާރަ ދުވަހުގެ މެންދުރު 13.00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 19 ވާ އަންގާރަ ދުވަހުގެ މެންދުރު 13.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެހެން ފަރާތެއްގެ ބަދަލުގައި މައުލޫމާތު ސާފުކުރުމަށް ދުރުވާނަމަ އެ ފަރާތުގެ ސިޓީއެއް އަދި ކުންފުންޏަކުންނަމަ ކުންފުނީގެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ގެންނަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ފަރާތަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަދި މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
25 ރަޖަބު 1437