ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (3 މަސްދުވަހަށް)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އޮފީސް:

 ކީރިތި ޤުރްއާނާބެހޭ މަރްކަޒު

ސެކްޝަން:

ކޯޕަރޭޓް ސެކްޝަން، އެޑްމިން އެންޑް ޕްރޮކިއުމަންޓް ސެކްޝަން 

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ 
މަޤާމުގެ ރޭންކް: އެމް. އެސް. 3 

 

 

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތް:

1. އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކާ އެއްގޮތަށް، އެޑްމިން އެންޑް ޕްރޮކިއުމަންޓް ޔުނިޓުގެ މޭންޑޭޓްގައިވާ މަސައްކަތްތައް ކުރުމާއި ކުރުވުން.

2. އެޑްމިން އެންޑް ޕްރޮކިއުމަންޓު ޔުނިޓްގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގައި ބެލެހެއްޓުމުގައި އެކިއެކި އިންތިޒާމުތައް ކުރުމާއެކު އެކަންކަން ހިންގުން

3. މަރުކަޒުގެ މެއިންޓެނެންސާއި، ސެކިއުރިޓީއާ ގުޅޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

4. އެޑްމިން އެންޑް ޕްރޮކިއުމަންޓު ޔުނިޓުންދޭ ޚިދުމަތްތަކުގެ ދާއިރާތައް ކުރިއަރުވައި ތަރައްޤީކުރުމާއި، އެ ޚިދުމަތްތައް އަވަސްވާނެގޮތަކަށް ކަންތައްތައް ރޭވުން.

5. އެޑްމިން އެންޑް ޕްރޮކިއުމަންޓު ޔުނިޓުގެ މަސައްކަތާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި ޕްރޮސީޖާތައް ހަދައި އިޞްލާޙުކޮށް ބެލެހެއްޓުން.

6. އެޑްމިން އެންޑް ޕްރޮކިއުމަންޓުން އެއްއަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި، އަހަރީ ރިޕޯޓަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުން.

7. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

8. މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެމަތިން މުދަލާއި ފައިސާއާ ބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.

9. އެޗް. އާރު އެންޑް ފައިނޭންސް ޔުނިޓް ހިންގުމާ ހަވާލުވާންޖެހޭ ހާލަތްތަކުގައި އެކަމާ ގުޅުންހުރި  އެންމެހައި މަސައްކަތްތަކެއް ރާވައި ހިންގައި ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ
  • ސަރވިސް އެލަވަންސް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  4. ޢަރަބި ބަސް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ފޯމާއއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން، މި މަރުކަޒަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚު:

އިންޓަވިއު އޮންނާނެ ތާރީޚު، އިންޓަވިއު އޮންނަ ތާރީޚުގެ 5 ދުވަހުގެ ކުރިން އެންގޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3335084 ނަންބަރު ފޯނަށް ނުވަތަ 3338825 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3335086 އެވެ. އީމެއިލް ކުރާނީ، centerforholyquran@gmail.com އަށެވެ.

 5 ޝަޢުބާން 1437

12 މޭ 2016
ހޯދާ