ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލުގެ އިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ކައުންސިލުގެ އިދާރާ މިހާރު ހިންގާ ޢިމާރާތާ އިންވެގެން އިތުރުކުރާ ބައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ބީލަންފޮތް 2016 މޭ 22 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބިވަޑައިގަންނަވާނެއެވެ. ބީލަންފޮތެއްގެ އަގަކީ -/150 ރުފިޔާއެވެ.
މިމަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 10:30 ގައި ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.
ހ. "ތ. ދިޔަމިގިލީގައި ކައުންސިލްގެ އިދާރާ މަރާމާތުކުރުން"
ށ. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އައި.ޑީ ކާޑުގެ ނަންބަރު އަދި ކޮންޓެކްޓް ނަންބަރު
ނ. އަންދާސީހިސާބު ހުށަހަޅާ ތާރީޚާއި ވަގުތު
- މަޢުލޫމާތު ސާފުކުރުމާއި، ބީލަން ހުށަހެޅުމަށް، ބަދަލުގައި އެއްވެސް ބޭފުޅަކު ހާޒިރުވާނަމަ ކޮން ފަރާތަކުން ބައިވެރިކުރާ ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންޖެހޭނެއެވެ.
އަންދާސީހިސާބު ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ހަމަ އެގަޑީގައެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި ބިޑު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ބިޑްފޮތް ނުގަންނަ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު 6780004 ނަންބަރު ފޯނާ ގުޅުއްވުމުން ލިބޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.