ދިވެހިރާއްޖެ
އިޢުލާން
ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި މިނިސްޓްރީގެ ނަންބަރު (IUL)10-K/1/2016/30 އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
މި މިނިސްޓްރީން ކުރިއަށް ގެންދާ އެންޖީ.އޯ ސްމޯލް ގްރާންޓް ޕްރޮގްރާމުގެ ދަށުން އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމަށް ވީހާވެސް ގިނަ ޖަމްޢިއްޔާތަކަށް ފުރުޞަތު ދިނުމުގެ ގޮތުން މި ކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އެއް މަސްދުވަހަށް ވަނީ އިތުރުކުރެވިފައެވެ.
ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އުސޫލު މި މިނިސްޓްރީގެ ވެބްސައިޓުގައި ވާނީ ޝާޢިއު ކުރެވިފައެވެ.
ވީމާ، މިކަމަށް އެދި ހުށަހަޅުއްވަން ބޭނުންވެލައްވާ ޖަމްޢިއްޔާތަކުން މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އަދި، މި ޕްރޮޕޯޒަލްތައް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2016 ޖޫން 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ.
22 ޝަޢުބާން 1437