ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޔަރ އެލާމް ސިސްޓަމެއް ހަރުކުރުމަށް
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި އިދާރާގައި ފަޔަރ އެލާމް ސިސްޓަމެއް ހަރުކުރުމަށް ކުރި 2016/013/އައި.ޔޫ/ޓީ-57 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ބައެއް ފަރާތްތަކުގެ ޝަރުޠު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
25 ޝަޢުބާން 1437
01 ޖޫން 2016
ހޯދާ