ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ޕްރޮގްރާމް އޮފިސަރ
ބޭނުންވާ އަދަދު: 1
ރޭންކް: އެމް. އެސް 2
ކްލެސިފިކޭޝަން : ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާއޮތް އޮފީސް: ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ
ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ސްޓޭންޑަޑް ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އެޝޫއަރެންސް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
-
ޓިވެޓް އޮތޯރިޓީން ހިންގާ ޕްރޮގްރާމުތައް ކޯޑިނޭޓްކުރުން.
-
ޓިވެޓް އޮތޯރިޓީން ހިންގާ ޕްރޮގުރާމުތަކުގެ ކޮންޓެންޓް ދަރިވަރުންނަށް ފޯރުކޮށްދިނުން.
-
ޓިވެޓް އޮތޯރިޓީގެ ޕްރޮގުރާމް ހިނގާ ގޮތް މޮނީޓަރކޮށް ވަކިވަކި ފަރާތްތަކުން ކިޔެވުމުގެ އެހީތެރިކަން ބޭނުންވާނަމަ އެ ފަރާތްތަކަށް ފޯރުކޮށްދިނުން.
-
ދަސްވާރު ޕްރޮގުރާމުގެ ހަވާލުކުރެވޭ ސްކޫލްތަކާއި އަތޮޅުތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
-
ދަސްވާރު އަދި ޓިވެޓް ޕްރޮގުރާމްގެ ބައިވެރިންގެ އިމްތިޙާނާއި ސެޓުފިކެޓު ދިނުމާގުޅޭ ކަންކަން ކުރުން.
-
ކަނޑައެޅޭ ދާއިރާތަކުގެ ސްޓޭންޑަޑް ލިޔުމުގެ މަސައްކަތްކުރުން.
-
ކަނޑައެޅޭ ދާއިރާތަކުގެ ޓެކްނިކަލް ޕެނަލްތަކުގެ މަސައްކަތް ރާވައި ހިންގުން.
-
މާލެއާއި ރާއްޖޭގެ ރަށްތަކުގައާއި ރިސޯޓްތަކުގައި ހިންގާ މި އޮތޯރިޓީގެ ޕްރޮގުރާމްތައް މޮނީޓާކުރުމާއި އެސެސްމަންޓްގެ ކަންކަންކުރުން.
-
ކަނޑައެޅޭ ދާއިރާތަކުގެ ސަނަދު ދޫކުރުމާގުޅޭ ކަންކަން ކުރުން.
-
ޓިވެޓްގެ ފަރާތުން ބާއްވާ އެކި އެކި ވޯރކްޝޮޕްތައް އޯގަނައިޒްކުރުމުގައި އެހީތެރިވުން.
ޝަރުޠު:
- މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، / ހިއުމަން ރިސޯސް މެނޭޖްމަންޓް / ތަޢުލީމީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް 4 ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، / ހިއުމަން ރިސޯސް މެނޭޖްމަންޓް / ތަޢުލީމީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، / ހިއުމަން ރިސޯސް މެނޭޖްމަންޓް / ތަޢުލީމީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، / ހިއުމަން ރިސޯސް މެނޭޖްމަންޓް / ތަޢުލީމީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
އިންޓަރވިއު ކުރުން.
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 19 ޖޫންއާ 23 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީ (ޣާޒީ ބިލްޑިންގެ ތިރީބައިން) ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޮތޯރިޓީގެ www.tvet.gov.mv އިން ޑައުންލޯޓް ކުރެވޭނެއެވެ.
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން ނުވަތަ އެލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓިވެޓް އޮތޯރިޓީ ޣާޒީ ބިލްޑިންގ (ތިރީބައި) އަށެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341315 ފޯނަށް ގުޅުއްވުން އެދެމެވެ.