ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމް: |
ކޯޓް އޮފިސަރ |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
އަސާސީ މުސާރަ: |
މަހަކު -/4465 ރުފިޔާ |
|
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ - ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ - ލިވިންގ އެލަވަންސް: -/2550 ރުފިޔާ - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
|
އަސާސީ ޝަރުޠު: |
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން"ސީ" ލިބިފައިވުން. 2. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު: |
|
|
އިންޓަވިއު: |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ، ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 20 ފަރާތެވެ. |
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ) - އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ (މިގޮތަށް ނެތް ހުށަހެޅުންތައް ބާޠިލްކުރެވޭނެ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ. - ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ) - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
|
ސުންގަޑި: |
2016 ޖުލައި 3 ވަނަ ދުވަހުގެ 12:00 ގެ ކުރިން. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6885571 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6885570 އެވެ. |
7 ރަމަޟާން 1437